Ads by PNC

ޚަބަރު

ޤާސިމް އިބްރާހިމް މާމިނގިލީގައި ބިނާކުރި މިސްކިތް "މަސްޖިދު އިބްރާހިމް" ހުޅުވައިފި

ޤާސިމް އިބްރާހިމް މާމިނގިލީގައި ބިނާކުރި މިސްކިތް "މަސްޖިދު އިބްރާހިމް" ހުޅުވައިފި

މަސްޖިދްް އިބްރާހިމް ހުޅުވުން.ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ފެބްރުއަރީ 2026، 02:59

27 ފެބްރުއަރީ 2026، 02:59

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް، އދ. މާމިނގިލީގައި ބިނާކުރެއްވި އާ މިސްކިތް "މަސްޖިދު އިބްރާހިމް" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ޤާސިމް އިބްރާހިމެވެ. މި ރަސްމިއްޔާތުގައި މާމިނގިލީ ކައުންސިލްގެ އިސްވެރިންނާއި، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. މިސްކިތް ހުޅުވުމަށްފަހު، މި މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދުގައި އިމާމުވެ ހުކުރު ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މާމިނގިލީގައި އަލަށް ހުޅުވި މި މިސްކިތަކީ އެއްފަހަރާ 800 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ އޮތް ބިނާއެކެވެ. މި މިސްކިތުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމާއި، ވުޟޫކުރެވޭނެ ފަސޭހަ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މުޅި މިސްކިތް ވަނީ އޭސީ ކުރެވިފައެވެ.

މި ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މިސްކިތްތަކެއް ހުޅުވަމުންދާކަން ފާހަގަކުރެވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ސަރުކާރުގެ ޚަރަދުގައާއި އަމިއްލަ ފަރާތްތަކުގެ އެހީގައި ބިނާކުރި މިސްކިތްތަކުގެ ތެރެއިން 15 މިސްކިތެއް މިހާތަނަށް ވަނީ ހުޅުވާފައެވެ.

އެ ވުޒާރާއިން ލަފާކުރާ ގޮތުގައި މި ރަމަޟާން މަސް ނިމުމުގެ ކުރިން އަލަށް ހުޅުވޭ މިސްކިތްތަކުގެ ޖުމްލަ އަދަދު 20 އަށް އަރާނެއެވެ. މިއީ ރަށްރަށުގެ ރައްޔިތުންނަށް ނަމާދުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450