Ads by PNC

ޚަބަރު

އެމްޑީޕީގެ އިސް ދެބޭފުޅަކު ވަޒީރު އިޙްސާންގެ އާއިލާގެ ވީޑިއޯއެއް ނަގައި ސޯޝަލް މީޑިއާއަށް ލުން ކުށްވެެރިކުރައްވައިފި

އެމްޑީޕީގެ އިސް ދެބޭފުޅަކު ވަޒީރު އިޙްސާންގެ އާއިލާގެ ވީޑިއޯއެއް ނަގައި ސޯޝަލް މީޑިއާއަށް ލުން ކުށްވެެރިކުރައްވައިފި

ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ފެބްރުއަރީ 2026، 03:48

27 ފެބްރުއަރީ 2026، 03:48

ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންގެ އަނބިކަނބަލުންނާއި 10 އަހަރުގެ އަންހެން ދަރިފުޅު މަގުމަތީގައި އުޅެނިކޮށް، އެމްޑީޕީގެ އިސް ދެ ބޭފުޅަކު އެ ބޭފުޅުންގެ ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައެއް މިނިސްޓަރު ކުށްވެރިކުރައްވައިފިއެވެ.

ވަޒީރު އިޙްސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ހަވީރުގެ ވަގުތެއްގައި މާލޭގެ މަގުމަތިން އޭނާގެ އާއިލާގެ ވީޑިއޯ ނަގާފައިވަނީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) އާއި އެ ޕާޓީގެ އެޕަރ ނޯތު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން ކަމަށެވެ. އަދި އެ ވީޑިއޯ ފަހުން ސޯޝަލް މީޑިއާގެ އެނޯނިމަސް އެކައުންޓަކުން އާންމުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވަމުން ވަޒީރު ވިދާޅުވީ، ޑިމޮކްރަސީ އާއި އަންހެނުންގެ ހައްގުތަކާއި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް ދައުވާކުރާ ބަޔަކު މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "މިއީ އެމްޑީޕީން ޒަމާނުއްސުރެ ގެންގުޅޭ ދަށު ދަރަޖައިގެ، ބައިބައިވުން އުފައްދާ ސިޔާސީ އުކުޅެއް،" ވަޒީރު ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ކުޑަކުދިންނާއި އާއިލާތަކުގެ ޒާތީ މިނިވަންކަމަށް އަރައިގަތުން ހުއްޓާލުމަށް ގޮވާލަމުންނެވެ. ނަމަވެސް މި ތުހުމަތުތަކާ ގުޅިގެން އެމްޑީޕީގެ ފަރާތުން ނުވަތަ އިބްރާހިމް ވަހީދާއި އަކްރަމް ކަމާލުއްދީންގެ ފަރާތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450