Ads by PNC

ޚަބަރު

16 އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓްގައި ހައްޔަރު ކުރި ޒުވާނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

16 އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓްގައި ހައްޔަރު ކުރި ޒުވާނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

ކްރިމިނަލް ކޯޓު/ފޮޓޯ: ވަގުތު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 ފެބްރުއަރީ 2026، 01:15

28 ފެބްރުއަރީ 2026، 01:15

މާލޭގެ ބޮޑުތަކުރުފާނު މަގު ބްރިޖް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލު ނުވެ 16 އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓްގައި، ހައްޔަރުކުރި ޒުވާނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރުމަށްފަހު އިއްޔެ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ ޝަރުތުތަކާއިއެކުގައެވެ.

މި އެކްސިޑެންޓު ހިނގިއިރު އޭނާގެ ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ. މި ދެ މީހުންނަށްވެސް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ފަރުވާދިނުމަށް ގެންދިޔައިރު، ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. މި މައްސަލައާއި ގުޅިގެން 19 އަހަރުގެ ޒުވާނާއާ ގުޅޭ ބަންދު އަމުރުގައި ބުނީ، ކުށުގެ ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި އޭނާ ޝަރުތުކޮށް ބަންދުން ދޫކޮށް ދިނުމަށް އެދުނުއިރު، މިކަން ހިނގާފައިވަނީ ގަސްދުގައި ނޫން ކަަމަށްވެސް އޭނާ ބުނެފައި ވެއެވެ. ހަމަ އެހެންމެ، ދެ ރައްޓެހިން ސައިކަލުގައި ދަނިކޮށް މި ހާދިސާ ހިނގީ ކަމަށާއި، މިކަން މިހެން ހިނގީތީ ހިތާމަކުރާ ކަމަށްވެސް އޭނާ ބުނިފައިވެއެވެ. އަދި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ހަރުކަށި ޝަރުޠުތަކާއިއެކު ބަންދުން ދޫކޮށްލުމަށް އޭނާ ވަނީ އެދިފައެވެ.

އެހެންކަމުން، މި މައްސަލައިގައި ފުލުހުންގެ ބަހަށް ވެސް ރިޢާޔަތްކޮށް، އޭނާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ކޯޓުން ވަނީ ނިންމައިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450