ޚަބަރު
ދިރާގު ކަސްޓަމަރުންނަށް ޔޫ.އޭ.އީއާއި ސަޢުދީ އަރަބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި
ދިރާގު/ފޮޓޯ: މިހާރު
ދިރާގު ކަސްޓަމަރުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަދި ސަޢުދީ އަރަބިއްޔާއަށް ހިލޭ ގުޅޭ ގޮތް ދިރާގުން ހަދައިދީފިއެވެ.
މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދީފައިވާ ޚިދުމަތެކެވެ.
މި ޚިދުމަތާއި ގުޅިގެން މަޢުލޫމާތު ހިއްސާކުރައްވަމުން ދިރާގުން ވިދާޅުވީ، މި ޚިދުމަތުގެ ދަށުން، ޔޫ.އޭ.އީ އަދި ސަޢުދީ ޢަރައްބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން، #225* އަށް ޑައިލްކޮށްގެން މި ހިލޭ މިނިޓުތައް 2 މާރިޗު 2026 ގެ ނިޔަލަށް އެކްޓިވޭޓްކުރެވޭނެ ކަމަށް ދިރާގުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، އެކްޓިވޭޓްކުރުމަށްފަހު 7 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ވަނީ ވިދާޅުވެފައެވެ.
މިފަދަ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިރާގުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.