Ads by PNC

ޚަބަރު

މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ޙާލަތު ގާތުން ބަލަމުންދާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެ

މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ޙާލަތު ގާތުން ބަލަމުންދާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެ

މަތީ ތަޢުލީމާ ބެހޭ ވުޒާރާ/ފޮޓޯ: ޕީއެސްއެމް

01 މާރިޗު 2026، 12:25

މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ޙާލަތު ގާތުން ބަލަމުންދާކަމަށާއި، ދަރިވަރުންގެ ސަލާމަތާ ރައްކާތަރެރިކަން ކަށަވަރުކުރާނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމާ މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، އެ ސަރަޙައްދުގެ ޤައުމުތަކުގައި ކިޔަވަމުންދާ ދިވެހި އެއްވެސް ދަރިވަރަކަށް އޭގެ އަސަރު ކުރޭތޯ އެ ވުޒާރާއިން ބަލަމުންދާކަމަށެވެ. ހަމަ އެހެންމެ، ދަރިވަރުންގެ ސަލާމަތާ ރައްކާތަރެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ހުރިހައި ފިޔަވަޅުތަކެއް އަޅާނެކަމުގެ ޔަޤީންކަން އެ ވުޒާރާއިން ވަނީ ދެއްވާފައެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ދަރިވަރުންގެ ޙާލަތު ގާތުން ބަލަމުންދާއިރު، ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ ސަރަޙައްދުގެ މަޝްރަޙަށް އަންނަމުންދާ ބަދަލުތައް ވެސް ގާތުން ބަލަމުންދާ ކަމަށެވެ. ހަމަ އެއާއެކު، އެ ބަދަލުތަކާ ގުޅޭގޮތުން ކުރަންޖެހޭ މުޢާމަލާތްތައް ވެސް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ކަމާގުޅޭ އެކި އިދާރާތަކާއި ޑިޕްލޮމެޓިކް މިޝަންތަކާއި ތަޢުލީމުދޭ މަރުކަޒުތަކާއި ގުޅިގެން، ހާލަތުގެ މަޢުލޫމާތު އޮޅުންފިލުވަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ނާޒުކު ދަނޑިވަޅުގައި ވެސް، ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450