Ads by PNC

ޚަބަރު

މާލޭގައި ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށް 224 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ހުޅުވައިފި

މާލޭގައި ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށް 224 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ހުޅުވައިފި

ކުރީގެ ހުރަވީ ބިލްޑިން ހުރި ބިމުގައި ހުޅުވި ޕާކިންގ ޒޯން. ފޮޓޯ: މިނިސްޓްރީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 މާރިޗު 2026، 01:37

01 މާރިޗު 2026، 01:37

މާލޭގައި ދިމާވެފައިވާ ޕާކުކުރުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ކުރީގެ ހުރަވީ ބިލްޑިން ހުރި ބިމުގައި 200 އަށް ވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ އާ ޕާކިން ޒޯނެއް މިއަދު ހުޅުވައިފިއެވެ. މި ޒޯނަކީ ހަމައެކަނި ސައިކަލުތަކަށް ހާއްސަކޮށްގެން ތަރައްގީކޮށްފައިވާ ތަނެކެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އަލަށް ހުޅުވި މި ޕާކިން ޒޯނަކީ އެއްފަހަރާ 224 ސައިކަލު ޕާކު ކުރެވޭނެ ޖާގަ ހިމެނޭ ތަނެކެވެ. މިއީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ އަދި އާންމުން ގިނަ އަދަދަކަށް ހިދުމަތް ހޯދުމަށް ޒިޔާރަތްކުރާ ސަރަހައްދެއް ކަމުން، މި ޒޯނުގެ ސަބަބުން ޕާކިންއަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ގާތްގަނޑަކަށް 35 އަހަރުވީ ހުރަވީ ބިލްޑިން ތަޅާލާފައިވަނީ ޖޫން 2022 ގައެވެ. އެ އިމާރާތަކީ ވަރަށް ބޮޑަށް ބާވެ، ރެނދުލައި، މަގުމައްޗަށް ބައިތައް ވެއްޓޭ ހިސާބަށް ނުރައްކާތެރިވެފައިވާ ތަނަކަށް ވުމުން އެތަން ތަޅާލުމަށްފަހު އޭރު ނިންމާފައިވަނީ އެ ބިމުގައި ޕާކަކާއި ޕާކިން ޒޯނެއް ހެދުމަށެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

މި ސަރަހައްދަކީ ކުރިންވެސް ޕާކުކުރުމުގެ ދަތިކަން އިންތިހާއަށް އޮތް ސަރަހައްދެކެވެ. މީގެ ކުރިން ހުކުރު މިސްކިތާއި ހުރަވީ ބިލްޑިންގާ ދެމެދުގައި 226 ސައިކަލުގެ ޖާގަ ހަދާފައި އޮތް ނަމަވެސް، އެ ސަރަހައްދަށް އަންނަ އުޅަނދުތަކުގެ ނިސްބަތުން އެ ޖާގަ އެކަށީގެން ނުވާ ކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ.

މި އާ ޕާކިން ޒޯން ހުޅުވާފައި މިވަނީ، މާލޭގެ އެހެން ބައެއް ސަރަހައްދުތަކުން ޕާކިން ޖާގަ މަދުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، މަޖީދިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތަށް ހޮޓެލް ޖެން ކައިރީގައި އޮތް ބޮޑު ޕާކިން ޒޯން ދާދި ފަހުން ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން، ހުރަވީ ބިލްޑިން ބިމުގައި ހުޅުވި މި ޒޯނަކީ އެ ސަރަހައްދުގެ ޕާކިން މައްސަލައަށް ލިބިގެންދާނެ މުހިންމު ހައްލެކެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450