Ads by PNC

ޚަބަރު

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

މީގެކުރިން އަތުލައިގަތް މަސްތުވާތަކެތިތަކެއް/ފޮޓޯ: ކަސްޓަމްސް

01 މާރިޗު 2026، 09:55

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ޢާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ 27 ފެބުރުވަރީ 2026 ގައެވެ. އެގޮތުން، ރާއްޖެއިން ބޭރު ޤައުމަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައި ފަސިންޖަރެއްގެ އަތުން މި ތަކެތި ފާހަގަވެފައިވާއިރު، މިތަކެތި އިތުރަށް ވަނީ ތަހުލީލުކޮށްފައެވެ. އަދި މި ތަހުލީލުން ހާމަވާގޮތުގައި މިތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'ހެރޮއިން' އަށް ޕޮޒިޓިވްވެފައެވެ.

މި މައްސަލައާި ގުޅިގެން ކަސްޓަމްސް އިން އިތުރަށް ވިދާޅުވީ، އެއަރޕޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.2 ކިލޯގްރާމް (2240 ގްރާމް) ހުރި ކަމަށެވެ. ހަމަ އެއާއެކު، މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.2 މިލިޔަން (2،240،000) ދިވެހި ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސް ސާވިސްއިން މަޢުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ކުރަންޖެހޭ އިތުރު ތަޙުޤީގުތައް ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450