Ads by PNC

ޚަބަރު

އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތްނަމަވެސް ގޯއްޗަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތްނަމަވެސް ގޯއްޗަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ގެދޮރުވެރިކަމާ ބެހޭ ވަޒީރު/ފޮޓޯ: ޚަބަރު އޮންލައިން

08 މާރިޗު 2026، 03:40

އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތްނަމަވެސް ގޯއްޗަކަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލައިފި އެވެ.

މިކަމާ ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ވިދާޅުވީ، މި މަހުގެ 1 ވަނަ ދުވަހު ގެޒެޓު ކުރި އުޞޫލާ އެއްގޮތަށް، ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން "ގޯތި-ގެދޮރު" ގެ ނަމުގައި ކުރިއަށް ގެންދާ ޕުރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށް ބާންޑާރަ ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ. އަދި އަންނަ މަހުގެ ނިޔަލަށް މި ފުރުޞަތު ހުޅުވާލާފައިވާއިރު، ފޯމު ހުށަހަޅަން ޖެހެނީ "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މިއީ ބިންވެރިކަން ނެތް އާއިލާތަކަށް އެ ފުރުޞަތު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކަށްވާއިރު، އަލަށް އިތުރުކުރި ކެޓަގަރީތަކުގެ ތެރޭގައި އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އަމިއްލަ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ ކެޓަގަރީއެއް ހިމެނެއެވެ. މީގެ އިތުރުން، "ބިންވެރިޔާ" ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންނަށް، އެންމެން އެ ބިން ދޫކޮށްލާގޮތަށް ވަކިން ހުށަހެޅޭނެ ކެޓަގަރީއެއްވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އުޞޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯތިކަމަށެވެ. މި ސްކީމްގައި ހިމެނޭ ދެ ކެޓަގަރީއަކީ މާލެ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީއެވެ. ކުރިން އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯއްޗެއް ނުވަތަ ފްލެޓެއް އޮތް ނަމަވެސް މި ފުރުޞަތުގައި ކުރިމަތިލެވޭނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިކަމާ ގުޅޭ އުޞޫލާއި، ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލުގެ އިތުރުން، ޕޮއިންޓް ދިނުމުގައި ބަލާނެ ކަންކަމުގެ ތަފްޞީލްތައް ވެސް މިހާރު ވަނީ ގެޒެޓުގައި ޢާންމުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450