Ads by PNC

ޚަބަރު

ޢުމްރާއަށް ނުފުރި ތިބި ހުރިހާ އުމްރާވެރިން މިރޭ ފުރަނީ

ޢުމްރާއަށް ނުފުރި ތިބި ހުރިހާ އުމްރާވެރިން މިރޭ ފުރަނީ

ޙައްޖުވެރިންތަކެއް / ފޮޓޯ: ޙައްޖު ކޯޕަރޭޝަން

farudhun logo

ފަރުދުން

08 މާރިޗު 2026، 10:08

08 މާރިޗު 2026، 10:08

އެކި ސަބަބުތައް މެދުވެރިވެގެން ޢުމްރާއަށް ފުރަން ތާވަލުކޮށްފައި އޮތް ދުވަހު ނުފުރުނު 164 އުމްރާވެރިން މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ނުފުރި ތިބި ޢުމްރާވެރިންގެ ތެރޭގައި ހިމެނެނީ އެކި ކުންފުނިތަކުން ޢުމްރާއަށް ދިއުމަށް މަސައްކަތްކުރި މީހުންނާއި، ހަނގުރާމައިގެ ސަބަބުން ޓްރާންސިޓް ޕްލައިޓްތައް ކެންސަލްވުމުން ނުފުރި ތިބި މީހުންނެވެ. މި ފަރާތްތަކަށް ޢުމްރާއަށް ފުރޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވުމުން، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން އެއާރލައިނުން ގުޅިގެން އައީ މިކަން ޙައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ވިދާޅުވީ، ނުފުރި ތިބި މީހުން ޢުމްރާއަށް ގެންދަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރކޮށްގެން ކަމަށެވެ.

ނުފުރި ތިބި މީހުންގެ ތެރޭގައި "އަލްއަބްރާރު" ކުންފުނިން ފައިސާ ނެގުމަށްފަހު ޢުމްރާއަށް ގެންދާނެކަމަށް ބުނެ އޮޅުވާލި މީހުން ވެސް ހިމެނެއެވެ. އެ ކުންފުނިން ފައިސާ ނެގީ، މި ރަމަޟާން މަހަށް ޚާއްޞަކޮށް 3 މާރިޗުން 26 މާރިޗުގެ ނިޔަލަށް ޢުމްރާއަށް ގެންގޮސްދޭނެކަމަށް ބުނުމަށްފަހުއެވެ. ނަމަވެސް އެ ކުންފުނިން ކަންތައް ކުރިގޮތުން އެ ކުންފުންޏަށް ދޫކޮށްފައިވާ ޙުއްދަ ވަނީ މިހާރު ވަގުތީ ގޮތުން ބާޠިލުކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450