Ads by PNC

ޚަބަރު

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ދުންފުހުގެ އަސަރުކޮށް، ނުރައްކާ މިންވަރަށް ވައި ނުސާފުވެއްޖެ

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ދުންފުހުގެ އަސަރުކޮށް، ނުރައްކާ މިންވަރަށް ވައި ނުސާފުވެއްޖެ

ވައި ނުސާފު/ފޮޓޯ: ދުވެލި

09 މާރިޗު 2026، 03:09

ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ދުންފުހުގެ އަސަރު ފޯރައި، ނުރައްކާ މިންވަރަށް ވައި ނުސާފުވެއްޖެ އެވެ.

 ދުންފުހުގެ އަސަރު މުޅި ރާއްޖެއަށް ކުރަމުންދާއިރު، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ. 

ވައިގެ ނުސާފުކަން މިވަގުތު އެންމެ މަތީގައި ވިލިމާލެ ސަރަޙައްދުގައި ހުރިއިރު، އެ ސަރަޙައްދުގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި ވައިގެ ފެންވަރު ހުރީ 139 ގައެވެ. މިއީ "އޮރެންޖް އެލާޓް" ނުވަތަ ޚާއްޞަ ފަރާތްތަކުގެ ޞިއްޙަތަށް ވެސް ނުރައްކާވާ ފަދަ ދަރަޖައެކެވެ. އައިކިއު އެއާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވިލިމާލޭގެ ވައިގައި ހިރަފުސް ކުނޑި ނުވަތަ ޕީއެމް 2.5 ހުރީ 42.1 ގައެވެ. މިއީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 12 ގުނަ އިތުރު ޢަދަދެއްކަން ފާހަގަކޮށްލެވެއެވެ.

އެކި ސަރަޙައްދުގައި ވައިގެ ކޮލިޓީ ހުރި މިންވަރު:

  • ހދ. ކުޅުދުއްފުށި: 151 
  • ށ. ފުނަދޫ: 68 
  • ދ. ކުޑަހުވަދޫ: 124 
  • ފުވައްމުލައް: 79 
  • އައްޑޫ ސިޓީ: 84 

ވައި ނުސާފުވުމުގެ ސަބަބުން ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ޞިއްޙަތަށް އިތުރު ނުރައްކާ ކުރިމަތިވެއެވެ. ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުންނާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ހިމެނެއެވެ. އެހެންކަމުން، މި ހާލަތުގައި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ހަރަކާތްތައް މަޑު ޖައްސާލުމަށާއި، ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތްތަކުގައި N95 ނުވަތަ އެފަދަ މާސްކު އެޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮންމެ އަހަރަކު، އިރުވައި މޫސުމުގައި ކުރިމަތިވާ ދުންފުސްކަމުގެ މައްސަލައަކީ ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކުރިމަތިވާ މައްސަލައެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450