ޚަބަރު
އެމްޕީއެލުން މި މަހުގެ މިހާތަނަށް 38،836 ކޮންޓެއިނަރ ކްލިއަރކޮށްފި
އެމްޕީއެލްގެ މުދާ ކްލިއަރ ކުރާ ސަރަހައްދު
މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް (އެމްޕީއެލް)އިން މި މަހުގެ މިހާތަނަށް 38،836 ކޮންޓެއިނަރ ކްލިއަރކޮށްފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގެ ތަފާސްހިސާބުތަކެވެ.
އެމްޕީއެލްއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ކްލިއަރކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި 20 ފޫޓުގެ ކޮންޓެއިނަރާއި 40 ފޫޓުގެ ކޮންޓެއިނަރ ހިމެނެއެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކޮންޓެއިނަރ ކްލިއަރކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 6،544 ކޮންޓެއިނަރ ކްލިއަރކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
މިދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. އޭގެ ތެރޭގައި ބިސް، ފިޔާ އަދި އަލުވި ފަދަ ތަކެތި ހިމެނޭއިރު، އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ބިހެވެ. އެގޮތުން ޖުމްލަ 26،536 ކޭސް ބިސް މި މުއްދަތުގައި ވަނީ ކްލިއަރކޮށްފައެވެ.
އެމްޕީއެލްއިން އެންމެ ގިނައިން ކްލިއަރކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:
- ބިސް
- ކަރާ
- ދޮންކެޔޮ
- ފިޔާ
- އަލަނާސި
- އަލުވި
- ޓޮމާޓޯ
ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު، އެމްޕީއެލްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އިތުރަށް ހަލުވިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މީގެކުރިއާ އަޅާބަލާއިރު މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު މިހާރު ވަނީ އެތައް ގުނައަކުން ކުޑަކުރެވިފައެވެ.