Ads by PNC

ޚަބަރު

ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު ފެށިއްޖެ: މެޓް

ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު ފެށިއްޖެ: މެޓް

ހޫނުގަދަ ދުވަހެއް--

10 މާރިޗު 2026، 12:09

ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު މިހާރު ފެށިފައިވާކަމަށް  މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ކޮންމެ އަހަރެއްގެ ވެސް މާރިޗް އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަޙައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ.

އެގޮތުން، މި ދުވަސްވަރު ވިލާ މަދުވެފައި، ވައި މަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާ ކަމަށް މެޓުން ވިދާޅުވިއެވެ. އަދި ދުވާލުގެ ހޫނުމިން މަތިވެގެންދާ ވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާވަރާ އަޅާބަލާއިރު ފަރަގު ކުޑަވެގެންދާނެ ކަމަށް މެޓުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާނެ ކަމަށާއި، އޭޕްރީލް މަހަށް ލަފާކުރެވޭ ގޮތުން ވެސް އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުޞަތު ބޮޑުކަމަށް ދައްކާކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ފަސް މޫސުމާ ބެހޭ އޮފީހުން ނަގާ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އެ އޮފީހުގެ އާންމު ވައިބަރ ގްރޫޕުގައި ކޮންމެ ދުވަހަކު 11:00 އާއި 14:00 އަދި 17:00 ގައި ޢާންމުކުރާނެ ކަމަށެވެ. އަދި ދުވަހުގެ ހޫނުމިން އާންމު ގޮތެއްގައި އެންމެ މައްޗަށް ދާނީ މެންދުރުފަހު 14:00 ހާއިރު ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450