Ads by PNC

ޚަބަރު

އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ފަތްކޮޅު އަރުވައިފި

އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ފަތްކޮޅު އަރުވައިފި

އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ފަތްކޮޅު އެރުވުން / ފޮޓޯ: ޚާރިޖީ ވުޒާރާ

farudhun logo

ފަރުދުން

10 މާރިޗު 2026، 10:33

10 މާރިޗު 2026، 10:33

ދިވެހިރާއްޖެއިން އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަ ނޮން-ރެސިޑެންޓް ސަފީރު، ޑޮކްޓަރ ސަލްމާ ރަޝީދު އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އޮސްޓްރިއާގެ ރައީސް، އެލެކްސެންޑަރ ވޭން ޑަރ ބެލެންއަށް މިއަދު އަރުވައިފިއެވެ.

މިކަމަށްޓަކައި އޮތް ޚާއްޞަ ރަސްމިއްޔާތު ކުރިޔަށްދިޔައީ، އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުންނަ ރަސްމީ ގަނޑުވަރުގައެވެ. 

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ޑރ. ސަލްމާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އޮސްޓްރިއާގެ ފެޑެރަލް ރައީސަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

އަދި އެ ކަމަނާ ވަނީ ދިވެހިރާއްޖެ އާއި އޮސްޓްރިއާއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ކުރިއެރުވުމަށް އިޤުތިޞާދީ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށާއި، ދެ ޤައުމުގެ ރައްޔިތުން ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމާ ގުޅިގެން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ދެ ޤައުމުން އިސްކަންދޭ އެހެނިހެން މުހިންމު ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ވެސް އެ ކަމަނާ ވަނީ އަރުވާފައެވެ.

ވިއެނާއަށް ކުރެއްވި މި ދަތުރުފުޅުގައި ސަފީރު ޑރ. ސަލްމާ ވަނީ އޮސްޓްރިއާގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި އޮސްޓްރިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުންވެސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޑރ. ސަލްމާގެ އަރިހުގައި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާޙީން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އެމްބެސެޑަރ ޑރ.ސަލްމާ އަކީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ އިތުރުން ސްވިސް ކޮންފެޑެރޭޝަން އަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރުވެސްމެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450