Ads by PNC

ޚަބަރު

އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ ޔޫއެއީ ކޮންސިއުލޭޓަށް ދިން ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ ޔޫއެއީ ކޮންސިއުލޭޓަށް ދިން ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޚާރިޖީ ވުޒާރާ--

11 މާރިޗު 2026، 02:34

އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ އެކުވެރި ޢަރަބި އިމާރާތް (ޔޫއެއީ) ގެ ކޮންސިއުލޭޓަށް ދިން ޙަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

މި ހަމަލާއާއި ގުޅިގެން އެކަން ކުށްވެރިކޮށް، ދިވެހި ޚާރިޖީ ވުޒާރާއިން ނެރެނު ބަޔާނެއްގައި ވިދާޅުވީ، ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްއާ ޚީލާފު ކަމެއް ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ ޑިޕްލޮމެޓިކް އުޞޫލުތަކަށް ހުރަސްއެޅޭ ނުރައްކާތެރި ޢަމަލެއްގެ ގޮތުގައި ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މި ބަޔާނުގައި ދިވެހި ސަރުކާރުން ވަނީ ބޭރު ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތައް ހިމާޔަތް ކުރުން މުހިންމުކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ، ޔޫއޭއީ ސަރުކާރާއި ރައްޔިތުންނާއި އެކުގައި ކަމަށް ދިވެހި ޚާރިޖީއްޔާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ ޔޫއޭއީ ކޮންސިއުލޭޓަށް ޑްރޯން ހަމަލާއެއް ދީފައިވަނީ މިދިޔަ ހޯމަ ދުވަހުގެ  ރޭ ދަންވަރުގެ ވަގުތެއްގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450