Ads by PNC

ޚަބަރު

ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދަނީ

ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދަނީ

ޒަކާތް ބަލައިގަތުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މާރިޗު 2026، 01:10

12 މާރިޗު 2026، 01:10

ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ޚާއްޞަ ޤަވާއިދެއް އެކުލަވާލުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ނިންމައިފިއެވެ.

މި ބަދަލަކީ ރާއްޖޭގައި އަލަށް އެކުލަވާލި ޒަކާތުގެ ޤާނޫނުގެ ދަށުން ގެނައުމަށް ނިންމާފައިވާ މުހިންމު އިޞްލާޙެކެވެ.

ދައުލަތުގެ މީޑިއާގެ ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަކާތު ހައުސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް މޫސާ މުޢިއްޒު ވިދާޅުވީ، ޒަކާތުގެ ޤާނޫނު އައުމުގެ ކުރިން ޒަކާތް ދައްކަންޖެހޭ މީހުންގެ މަޢުލޫމާތުތައް ވަކި އުޞޫލަކުން ބަލަހައްޓާފައި ނުވާ ކަމަށެވެ. ކުރިން ޒަކާތް ދެއްކުން އޮތީ ހަމައެކަނި ފަރުދީ ޒިންމާއެއްގެ ގޮތުގައި ނަމަވެސް، އައު ޤަވާއިދާއެކު މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ ޒަކާތުގެ ޤާނޫނުގެ ދަށުން 5 މަސްދުވަހުގެ ތެރޭގައި ޤަވާއިދުތައް އެކުލަވާލަން ޖެހޭ ކަމަށެވެ. "ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދާ ޤަވާއިދު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގެޒެޓް ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ. މި ޤަވާއިދު އެކުލަވާލުމުން ރާއްޖޭގައި ޒަކާތް ދައްކަންޖެހޭ މީހުންނަކީ ކޮބައިކަން ސާފުކޮށް އެނގިގެންދާނެއެވެ.

ޒަކާތް ދައްކާ ފަރާތްތަކުގެ އިތުރުން، ޒަކާތު ހައުސްއިން އަންނަނީ ޒަކާތް ޙައްޤުވާ ފަރާތްތަކުގެ ދަފްތަރުވެސް އަދާހަމަކޮށް ބަލަހައްޓަމުންނެވެ. އެގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެމީހެއްގެ ޙާލަތު އަންގައިދޭ ފޯމު އަހަރުގެ ކޮންމެ ދުވަހަކުވެސް ހުށަހެޅޭނެއެވެ. މި ދަފްތަރު ކޮންމެ ދެ އަހަރަކުން އެއްފަހަރު ރިވިއުކުރާއިރު، ރިވިއު މަރުޙަލާގައި ފޯމު ހުށަނާޅާ ފަރާތްތައް ދަފްތަރުން އުނިވާނެއެވެ.

ރާއްޖޭގައި ފަހަކަށް އައިސް މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި 11.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450