Ads by PNC

ޚަބަރު

ފުލުހަކަށް ހަމަލާދީ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ފުލުހަކަށް ހަމަލާދީ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ޕޮލިސް ހެޑްކުއާޓާސް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މާރިޗު 2026، 02:28

13 މާރިޗު 2026، 02:28

ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ހަމަލާ ދީފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިންނެއް ނޫނެވެ. ނަމަވެސް، މި ހަމަލާ ދޭން މެދުވެރިވި ސަބަބާއި މައްސަލައިގެ ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަންކަމެއް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ގާނޫނީގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާއިރު، ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން އިތުރު ތަފްސީލުތައް އާންމުންނާ ހިއްސާ ކުރާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450