Ads by PNC

ޚަބަރު

މާލޭގެ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ޕޮލިސް ލައިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މާރިޗު 2026، 03:20

13 މާރިޗު 2026، 03:20

މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މާފަންނު، ދަކަންދާމަގުގައި ހުންނަ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:01 އެހާކަންހާއިރުއެވެ.

މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސ. ހުޅުދޫ، ތޯތާޕަރީ، އުމުރުން 54 އަހަރުގެ މުޙައްމަދު ނިޒާރު ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ، މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ކުރި ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450