Ads by PNC

ޚަބަރު

އައްޑޫ ހިތަދޫ ފަތާ ޓްރެކް ސަރަޙައްދުން މަރުވެފައިއޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

އައްޑޫ ހިތަދޫ ފަތާ ޓްރެކް ސަރަޙައްދުން މަރުވެފައިއޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މާރިޗު 2026، 10:19

13 މާރިޗު 2026، 10:19

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 16:41 އެހާކަށްހާއިރުއެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ. ނަމަވެސް، އެއީ ކޮން ޤައުމަކަށް ނިސްބަތްވާ، ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މީހާގެ ހަށިގަނޑު ފެނުމާއެކު، ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި މީހާ މަރުވާން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. މީގެ އިތުރުން، މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450