Ads by PNC

ޚަބަރު

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ އޮސްޓްރޭލިއާ ރައްޔިތެއް

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ އޮސްޓްރޭލިއާ ރައްޔިތެއް

އައްޑޫ ސިޓީ ހިތަދޫ--

14 މާރިޗު 2026، 02:10

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ އޮސްޓްރޭލިއާ ރައްޔިތެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދީފި އެވެ.

އެ ސަރަޙައްދު މޫދުގައި މީހަކު މަރުވެފައި އޮއްވާ އިއްޔެ ފެނިފައިވާއިރު، ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ ހަވީރު 16:41 އެހައިކަންހާއިރު އެވެ. އަދި މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަން ފުލުހުން އޭރު ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެއީ ކޮން ޤައުމަކަށް ނިސްބަތްވާ، ކާކުކަން އޭރު ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އިތުރު ތަޙުޤީގުކުރުމަށްފަހު ފުލުހުން ވިދާޅުވީ، 2026 މާރިޗު 13 ވަނަ ދުވަހުގެ ހަވީރު އައްޑޫ ސިޓީ، ހިތަދޫ ފަތާ ޓްރެކް ސަރަޙައްދުން މަރުވެފައި އޮއްވާ ފެނިފައިވަނީ ޢުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަން ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. ހަމަ އެހެންމެ، ޑެނިއަލް ޑީ ޖިއޮވީން އަކީ ވޯކް ވިސާގެ ދަށުން ދިވެހިރާއްޖޭގައި އުޅެމުންދިޔަ މީހެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450