Ads by PNC

ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. އޭދަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. އޭދަފުށިން މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

14 މާރިޗު 2026، 10:52

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. އޭދަފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

ދިވެހ ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. އޭދަފުށި / އަޅިވިލާގެ، އަސްރަފް ޔޫސުފް (34އ) ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އޭދަފުށްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައިކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ،  މިހިނގާ މާރިޗު މަހުގެ 13 ވަނަ ދުވަހުގެ ރޭ އޭދަފުށީ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450