ޚަބަރު
މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާކަމުގެ ތުހުމަތުގައި ފޭސް 2އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ 2 ވަނަ ފިޔަވަހިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. ލުބޯމާގެ / މާލެ، އަހްމަދު ޙަމްދާން (26އ) އެވެ. މީނާ ހައްޔަރުކޮށްފައި ވަނީ މާރިޗު 12 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގެ ފުލުހުން ޕެޓްރޯލުކުރުމުގެ ތެރޭގައި އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށްފަހުކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ސެލޯފިން ކޮޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން އަހްމަދު ޙަމްދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.