ޚަބަރު
މާމިގިލީގައި ބޭއްވި ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމުން 26 ޚަޠީބުން ސަނަދު ހާސިލްކޮށްފި
މާމިގިލީގައި ބޭއްވި ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމުގެ ނިންމުމުގެ ރަސްމިއްޔާތު / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ފަރުދުން
15 މާރިޗު 2026، 02:51
15 މާރިޗު 2026، 02:51
އދ. މާމިގިލީގައި ބޭއްވި ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމުގައި 26 ޚަޠީބުން ސަނަދު ހާސިލްކޮށްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މާމިގިލީގައި ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ހޮނިހިރު ދުވަހުގެރޭގައެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ބޭފުޅުންގެ އިތުރުން، މާމިގިލީ ކައުންސިލްގެ ރައީސް އާއި އެހެންނިހެން އިސްފަރާތްތައް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މާމިގިލީގައި ބޭއްވި ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމުގެ ނިންމުމުގެ ރަސްމިއްޔާތު / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
މިޕްރޮގްރާމްގެ ތެރެއިން ޚުތުބާ ކިޔުމަށާއި، އިމާމުވެ ނަމާދު ކުރުމަށާއި، ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތައް ވަނީ ދީފައެވެ.
މި ޕްރޮގްރާމުގެ ދަށުން ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުން ވެސް ހިމެނެއެވެ.
ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ.