Ads by PNC

ޚަބަރު

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އިމާރާތުގެ ކުރެހުމެއް/ފޮޓޯ: ވުޒާރާ

15 މާރިޗު 2026، 10:21

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް އެވެ. އަދި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން  މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 6 ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސް އެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، މި އިމާރާތުގެ ބޭސްމަންޓްގައި ޕާކިންގ ޒޯނެއް ތަރައްޤީކުރާނެ ކަމަށާއި، ގްރައުންޑް ފްލޯ ޚާއްޞަކުރެވިފައިވާނީ، ޒަމާނީ މަސް މާރުކޭޓަކަށް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ހަމަ އެއާއެކު، 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯގައި ތަރުކާރި މާރުކޭޓެއް އެޅުމަށް ހަމަޖެހިފައިވާއިރު،  4 ވަނަ ފްލޯގައި ފުޑް ކޯޓެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢު ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްއިވަނީ 126,359,594.94 ރުފިޔާއަށް 600 ދުވަހުގެ ތެރޭގައި ނިންމުމަށްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450