Ads by PNC

ޚަބަރު

ސްރީ ލަންކާގެ ކޮލޮމްބޯއިން ރާއްޖެއަށް އައި ކްރޫޒް ލައިނަރއަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި

ސްރީ ލަންކާގެ ކޮލޮމްބޯއިން ރާއްޖެއަށް އައި ކްރޫޒް ލައިނަރއަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި

ވަސްކޯ ޑާ ގަމާ--

15 މާރިޗު 2026، 10:52

ސްރީ ލަންކާގެ ކޮލޮމްބޯއިން ރާއްޖެއަށް އައި ކްރޫޒް ލައިނަރ އަކަށް މޯލްޑިވްސް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ. "ވަސްކޯ ޑާ ގަމާ" ނަމަކަށް ކިޔާ މި ކްރޫޒް ލައިނަރ އައިސްފައިވަނީ ހއ. އުލިގަމަށެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި ކްރޫޒް ލައިނަރ ރާއްޖެ އައީ ސްރީ ލަންކާގެ ކޮލޮމްބޯ ގެ ބަނދަރުން ފުރައިގެންނެވެ. ވަސްކޯ ޑާ ގަމާ އިން ދަތުރުކުރި 1348 ފަތުރުވެރިންނަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 859 ފަސިންޖަރުންނާއި 489 ކްރޫ މެންބަރުންނެވެ. މީގެ ތެރެއިން، 23 ކްރޫ މެމްބަރުންނާއި 12 ފަސިންޖަރުން ވަނީ އުލިގަމަށް ފައިބާފައެވެ.

ކްރޫޒް ލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ 3 ސަރަޙައްދެއްގައި ކްރޫޒް ލައިނަރުތަކަށް ޚާއްޞަ ޖެޓީތަކެއް ތަރައްޤީކުރުމަށްކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖެއަކީ ކްރޫޒް ލައިންތަކުގެ މެދުގައި އަބަދުވެސް މަޤްބޫލު މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ ޢަދަދެއްގެ ކްރޫޒް ލައިނަރުތައް ޒިޔާރަތްކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450