ޚަބަރު
މީހެއްގެ މީސްމީޑިއާ އެޕްތައް ބޭނުންކޮށްގެން 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށްނެގި މީހަކު ހައްޔަރުކޮށްފި
މީސްމީޑިއާ އެޕްތަކެއް--
މީހެއްގެ މީސްމީޑިއާ އެޕްތައް ކޮމްޕްރޮމައިޒްކޮށް ބޭނުންކޮށްގެން 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށްނެގި މީހަކު ދިވެހިި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ތ. މަޑިފުށްޓަށް އުފަން (40އ) ގެ މީހަކު ހައްޔަރުކޮށްފައިވާއިރު، މި މީހާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައިގައި ގިނަ ބަޔަކު ބައިވެރިވެގެން މީހެއްގެ މީސް މީޑިއާގެ އެޕްލިކޭޝަންތައް ކޮމްޕްރޮމައިޒް ކޮށްގެން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ހަމަ އެހެންމެ، ވަގަށް ނަގާފައިވާ މި ފައިސާގެ ތެރެއިން 25،000.00ރ އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށާއި، އެ ފައިސާ އޭޓީއެމް މެދުވެރިކޮށް އޭނާ ނަގާފައިވާކަމަށް ތަޙުޤީގަށް ހާމަވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުުން، އެ ފައިސާ ނެގުމަށްފަހު އިތުރު މީހަކަށް ޙަވާލުކުރިކަމަށާއި، މި މައްސަލައިގައި ފުލުހުންނަށް އެއްބާރުލުންދޭނެކަމަށް އެމީހާ ކޯޓުގައި ބުނެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.