ޚަބަރު
ސްޓެލްކޯ ފުލެޓު ސަރަޙައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
މަސައްކަތުގެ ތެރެއިން/ފޮޓޯ: އެޗްޑީސީ
ސްޓެލްކޯ ފުލެޓު ސަރަޙައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފުލެޓު ސަރަޙައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް ޤާއިމުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިހާރު ކުރިއަށް ގެންދަމުންދާ ކަމަށެވެ.

ހަމަ އެހެންމެ، މި މަޝްރޫޢުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކަސްރަތު ކުރުމަށާއި، ދުޅަހެޔޮ އަދި ޙަރަކާތްތެރި ދިރިއުޅުމެއް ބިނާކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.
ހުޅުމާލެއަކީ، ހިތްފަސޭހަތަނަކަށް ހެދުމަށް އެޗްޑީސީން ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދާއިރު، މިކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.