Ads by PNC

ޚަބަރު

ސްޕެޝަލް ކޮންސްޓަބުލަރީ އަސާސީ ތަމްރީނު ކޯސް-8 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ސްޕެޝަލް ކޮންސްޓަބުލަރީ އަސާސީ ތަމްރީނު ކޯސް-8 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ނިންމުމުގެ ރަސްމިއްޔާތު/ފޮޓޯ: ފުލުހުން

17 މާރިޗު 2026، 10:59

ސްޕެޝަލް ކޮންސްޓަބުލަރީ އަސާސީ ތަމްރީނު ކޯސް-8 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މިމަހުގެ 15 ވަނަ ދުވަހު ތިނަދޫ ސިޓީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމްއެވެ. މި ރަސްމިއްޔާތުގައި، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރުއާއި، ސައުތު ޕޮލިސްގެ އިސް އޮފިސަރުންނާއި ތިނަދޫ ސިޓީގެ އެކި މުައައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

މިއަހަރުގެ ފެބުރުއަރީ މަހުގެ 15 އިން މާރިޗު 14 އަށް ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި ސްޕެޝަލް ކޮންސްޓަބުލަރީ 18 ފުލުހުންގެ ތެރެއިން 16 ފުލުހުން ވަނީ ކޯހުގެ މިންގަނޑަށް ފާސްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ފިރިހެން ފުލުހުންނާއި 6 އަންހެން ފުލުހުންނެވެ. މި ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ސްޕެޝަލް ކޮންސްޓަބުލަރީ ކޮންސްޓަބަލް މުޙައްމަދު މަންނާހު ސަދޫޤުއެވެ.

މި ކޯހުގައި، ސްޕެޝަލް ކޮންސްޓަބުލަރީ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތެއްގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި، މުހިންމު ހުނަރާއި ޢިލްމު އަދި މަޢުލޫމާތު އުނގަންނައިދީފައިވެއެވެ. އެގޮތުން، ފިޒިކަލް ޓްރެއިނިންގ އެންޑް ލައިފް ސްޓައިލް ފިޓްނަސް، ޑްރިލް، ޔޫސް އޮފް ފޯސް އެންޑް ޑިފެންސިވް ޓެކްނިކްސް، ބޭސިކް ފަސްޓް އެއިޑް، ބޭސިކް ފަޔަރ ކޮންޓްރޯލަރ، ލޯ، ކޮމިއުނިކޭޝަން ސްކިލްސް، ޕްރޮފެޝަނަލް އެތިކްސް، ބޭސިކް ޕޮލިސިންގ ސްކިލްސް އަދި ސެކިއުރިޓީ ސްކިލްސް ފަދަ ބައިތައް އުނގަންނައިދީފައިވެއެވެ.

މި ކޯހަކީ، ސްޕެޝަލް ކޮންސްޓަބުލަރީ ކޮންމެ މުވައްޒަފަކު ފުރިހަމަކުރުމަށް، ސްޕެޝަލް ކޮންސްޓަބުލަރީގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ޚާއްޞަ ތަމްރީނެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450