ޚަބަރު
މާލޭ ގަލޮޅުގައި ހުރި ގެއެއްގައި އަލިފާނުގެ ޙާދިސާއެއް، ސިފައިން ޙަރަކާތްތެރިވަނީ!
އަލިފާނުގެ ހާދިސާ ހިނގި ތަން/ފޮޓޯ: އެމްއެންޑީއެފް
މާލޭގެ ގަލޮޅު އަވަށުގައި ހުރި ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން ސިފައިން ޙަރަކާތްތެރިވާން ފަށައިފި އެވެ.
މަޢުލޫމާތު ލިބޭގޮތުގައި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ، ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައެވެ. މި ގެ ހުންނަނީ ވަރަށް ހަނި ގޯޅިއެއްގެ ތެރޭގައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަލިފާން ނިއްވުމުގައި ޢާންމު ރައްޔިތުންގެ އެހީތެރިކަން ވެސް ލިބެމުން އަންނައިރު، އެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ފުލުހުން ވެސް އަންނަނީ ޙަރަކާތްތެރިވަމުންނެވެ.
ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި. pic.twitter.com/ODCk2RYvme
— Maldives National Defence Force (@MNDF_Official) March 18, 2026
މި ޙާދިސާގައި ލިބިފައިވާ އެއްވެސް ގެއްލުމެއްގެ ތަފްޞީލް ސިފައިން އަދި ހާމަކޮށްފައެއް ނުވެއެވެ.