Ads by PNC

ޚަބަރު

ކުޅުދުއްފުށީގައި ހަމަނުޖެހުން ތަކެއް ހިނގައި ފުލުހުން މޭޔަރު އާތިފަށް ހިމާޔަތް ދީފި

ކުޅުދުއްފުށީގައި ހަމަނުޖެހުން ތަކެއް ހިނގައި ފުލުހުން މޭޔަރު އާތިފަށް ހިމާޔަތް ދީފި

ކުޅުދުއްފުށި ސިޓީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މާރިޗު 2026، 12:22

18 މާރިޗު 2026، 12:22

ކުުޅުދުއްފުށީ ސިޓީގައި ހަމަނުޖެހުން ތަކެއް ހިނގައި ފުލުހުން ކުޅުދުއްފުށީ މޭޔަރު މުޙައްމަދު އާތިފަށް ދިވެހި ފުލުހުން ހިމާޔަތްދީފިއެވެ.

މޭޔަރު އާތިފަށް ފުލުހުން ހިމާޔަތް ދީފައިިވަނީ ރޭގެ ވަގުތެއްގައެެވެ. 

މިކަން ހިނގާފައިވަނީ މެޔަރު އާތިފް ދުއްވަން އިން ކާރެއް މަގުމަތިން ހުއްޓުވައި ހިންގި ހަމަނުޖެހުން ގަނޑެއްގެ ތެރެއިން ދެބައެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިންނެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭތީ މޭޔަރު އާތިފަށް އެ ޚިދުމަތުން ހިމާޔަތް ދީފައިވާ ކަަމަށެވެ. ނަމަވެސް ހާދިސާ އާއި ގުޅޭ މާބޮޑު ތަފްސީލެއް ފުލުހުން އަދި މިހާތަނަކަށް ހާމަކޮށްފައެއް ނުވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450