Ads by PNC

ޚަބަރު

ހުޅުމާލެ ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ހައިވޭގައި އެކްސިޑެންޓެެއް ހިނގުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މާރިޗު 2026، 03:09

18 މާރިޗު 2026، 03:09

ހުޅުމާލެއިން އެއާޕޯޓަށް ދަތުރުކުރާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެއިން އެއާޕޯޓަށް ދަތުރުކުރި އުޅަނދެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއްފަރާތުގައި ހުންނަ ފެންސްގައި ޖެހިގެންނެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްގައި އުޅަނދުގައި ތިބި ދެ މީހަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. އަނިޔާވި ދެ މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެކްސިޑެންޓްވި އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ފެންސްގެ ބައެއްވެސް ވަނީ ހަލާކުވެފައެވެ. ފުލުހުން ދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450