Ads by PNC

ޚަބަރު

މަގުމަތިން ހިނގާފައި ދިޔަ ޢުމުރުން ދުވަސްވީ އަންހެނެއްގެ އަތުން ފޭރުނު މީހަކު ހައްޔަރުކޮށްފި

މަގުމަތިން ހިނގާފައި ދިޔަ ޢުމުރުން ދުވަސްވީ އަންހެނެއްގެ އަތުން ފޭރުނު މީހަކު ހައްޔަރުކޮށްފި

ފުލުހުން މަގުމަތީގައި--

18 މާރިޗު 2026، 09:54

މަގުމަތިން ހިނގާފައި ދިޔަ ޢުމުރުން ދުވަސްވީ އަންހެނެއްގެ އަތުން ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މާލޭގެ މިރިޔަސް މަގުން ހިނގާފައި ދިޔަ 66 އަހަރުގެ ދިވެހި އަންހެނެއްގެ އަތުން ފޭރުނު މީހަކު ހިފަހައްޓާވަފައިވާކަމަށް މިރޭ 20:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ހަމަ އެހެންމެ، މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެެނސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450