Ads by PNC

ޚަބަރު

ބަނގުރާ ބޭނުންކުރާކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 ބިދޭސީއަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި 3 މީހުން/ފޮޓޯ: ފުލުހުން

18 މާރިޗު 2026، 10:15

ބަނގުރާ ބޭނުންކުރާކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކަޓަވަލް ސަހިލް، އިންޑިއާ (25އ) އާއި ޓަމަންގް ރަޓަން، އިންޑިއާ (24އ) އާއި ތަޕާ ކެޝަބް، ނޭޕާލް (21އ) އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިހިނގާ މާރިޗު މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވިގެން ދިއްދޫ މަގުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއެއް ފެނިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450