Ads by PNC

ޚަބަރު

އަލިފާނުގެ ޙާދިސާއާއި ގުޅިގެން ޠައިބާ މިސްކިތް ސަރަޙައްދުގައި ހިމެނޭ ބައެއް ގެތަކުން ވަގުތީގޮތުން ކަރަންޓުގެ ޚިދުމަތް މެދުލަނޑާލައިފި

އަލިފާނުގެ ޙާދިސާއާއި ގުޅިގެން ޠައިބާ މިސްކިތް ސަރަޙައްދުގައި ހިމެނޭ ބައެއް ގެތަކުން ވަގުތީގޮތުން ކަރަންޓުގެ ޚިދުމަތް މެދުލަނޑާލައިފި

އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދު--

18 މާރިޗު 2026، 10:52

އަލިފާނުގެ ޙާދިސާއާއި ގުޅިގެން ޠައިބާ މިސްކިތް ސަރަޙައްދުގައި ހިމެނޭ ބައެއް ގެތަކުން ވަގުތީގޮތުން ކަރަންޓުގެ ޚިދުމަތް މެދުލަނޑާލައިފި އެވެ.

ޢިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ޕްރައިމް ކިޔާ ގުދަނެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަންނަނީ ޙަރަކާތްތެރިވަމުންނެވެ.

މި ޙާދިސާއާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާފަންނު ޠައިބާ މިސްކިތް ހިމެނޭ ސަރަޙައްދުގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން، އެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެ ސަރަޙައްދުގެ ބައެއް ގެތަކުން ވަގުތީގޮތުން ކަރަންޓުގެ ޚިދުމަތް  މެދުކަނޑާލާފައިވާ ކަމަށެވެ.

މި ގުދަނުގައި ވަރަށް ބޮޑަށް ރޯވެ އަދަމުންދާ ކަމަށް މީސް މީޑިއާގައި މިހާރު ޢާންމުވަމުންދާ ވީޑިއޯތަކުން ފެންނައިރު، މިއީ ޠައިބާ މިސްކިތް ގާތު ހުންނަ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާއި ބެހޭ މަރުކަޒުގެ ކައިރީގައި ހުރި ގުދަނެކެވެ.

އަލިފާނުގެ މި ޙާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް އަންނަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450