Ads by PNC

ޚަބަރު

ޕްރައިމް ގުދަނުގެ އަލިފާނުގެ ހާދިސާ: މިހާރު އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިއްޖެ: އެމްއެންޑީއެފް

ޕްރައިމް ގުދަނުގެ އަލިފާނުގެ ހާދިސާ: މިހާރު އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިއްޖެ: އެމްއެންޑީއެފް

ޕްރައިމް ގުދަނުގައި އަލިފާން ރޯވުން. ފޮޓޯ:އެމްއެންޑީއެފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 މާރިޗު 2026، 12:05

19 މާރިޗު 2026، 12:05

މާލޭގެ މާފަންނު އަވަށުގައި ހުރި ގުދަނެއްގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާ މިހާރު ކޮންޓްރޯލްކުރެވިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގައެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ސިފައިންނާއި ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދެއްވި ގޮތުގައި، އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުގެ ހުރިހާ އުޅަނދެއްގެ އިތުރުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެންމެ ބޮޑު އަލިފާން ނިއްވާ އުޅަނދުވެސް ވަނީ ބޭނުންކޮށްފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ "އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައި" ކަމަށާއި، އިތުރަށް އަލިފާން ފެތުރުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ ފަސް ގެއަކުން މީހުން ހުސްކޮށް، މަގުގައި ހުރި އުޅަނދުތައް ދުރަށް ޖައްސައި، މަގުގެ ބޮޑު ބައެއް ވަނީ ބަންދުކޮށްފައެވެ.

ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރި ގޮތުގައި، މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 4 އާއިލާއަކަށް ނިސްބަތްވާ 18 މީހަކަށް މިހާރު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ގުދަނަކީ ކެމިކަލް ރައްކާކުރުމަށް ބޭނުންކުރާ ތަނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާގައި ގުދަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހަލާކުވެފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450