Ads by PNC

ޚަބަރު

ޕްރައިމް ގުދަނުގެ އަލިފާނުގެ ހާދިސާ: އަލިފާންގަނޑު ނިއްވާލެވުނީ 8 ގަޑިއިރުފަހުން

ޕްރައިމް ގުދަނުގެ އަލިފާނުގެ ހާދިސާ: އަލިފާންގަނޑު ނިއްވާލެވުނީ 8 ގަޑިއިރުފަހުން

ޕްރައިމް ގުދަނުގެ އަލިފާނުގެ ހާދިސާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 މާރިޗު 2026، 02:32

19 މާރިޗު 2026، 02:32

މާފަންނު ޕްރައިމް ގުދަނުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ގާތްގަނޑަކަށް 8 ގަޑިއިރުގެ ބުރަ މަސައްކަތުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މި ހާދިސާގައި ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މ. ކައިރުގޭގައި ހުންނަ "ޕްރައިމް ގޯޑައުން 1" ގުދަނުގައި އަލިފާނުގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ ރޭ 21:25 ހާއިރުއެވެ. މި މަޢުލޫމާތު ލިބުމާއެކު، މާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ ފަތިހު 04:58 ހާއިރުއެވެ.

މި އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފާއެކު ގިނަ މުއައްސަސާތަކަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް ޕޮލިސް ސަރވިސް، މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި ރެޑްކްރެސެންޓް ހިމެނެއެވެ.

ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ބައެއް ގޭބިސީތަކަށް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވެއެވެ. މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 15 ގެއެއް ހުސްކޮށް، އެ ފަރާތްތަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންޑީއެމްއޭއިން ވިދާޅުވި ގޮތުގައި، މި ގެތަކުން 454 މީހުން ސޯޝަލް ސެންޓަރުގައި ގާއިމްކުރި އިވެކުއޭޝަން ސެންޓަރުގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ސީދާ އަލިފާނުގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ދުމުގެ އަސަރުކޮށްގެން 7 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު ގުދަން ވަނީ އެއްކޮށް އަނދައި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450