ޚަބަރު
އައްޑޫ ސިޓީއަށް ވައިގެ މަގުން 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
އައްޑޫ ސިޓީއަށް ވައިގެ މަގުން 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާއަށް ނިސްބަތްވާ ބިދޭސީއަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ބިދޭސީ މީހާ ހައްޔަރުކޮށްފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަސްޓަމުން ބެލުމަށްފަހުގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަލްދިން ވަލިމޮހްމަދް ރުއްފިން (58އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ މިހިނގާ މާރިޗު މަހުގެ 17 ވަނަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ކަސްޓަމްސް އަށް އޭނާގެ އަތުން މަސްތުވާތަކެތި ފެނިގެން ކަމަށެވެ. އެގޮތުން، އޭނާ ހައްޔަރުކުރީ ކަސްޓަމްސް އިން އޭނާ ހިފަހައްޓަ، ފުލުހުންނާ ހަވާލުކުުރުމުން ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.