ދީން / ޚަބަރު
ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޖާގަ ނުދިނުމަށް ޢީދު ޚުތުބާގައި ގޮވާލައިފި
ޢީދު ހަދިޔާ ބަދަލުކުރުން
ހުލާސާ
ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ސަގާފަތާ ބީރައްތެހި ކުޅިވަރުތަކަށް ޖާގަ ނުދިނުމަށް އީދު ޚުޠުބާގައި ގޮވާލައިފިއެވެ.
"ފިޠުރުޢީދުގެ އުފަލާއި އަދަބުތައް" މި މައުޟޫއަށް އިއްވި ޚުޠުބާގައި ބުނެފައިވަނީ މި ބާއްޖަވެރި ދުވަހު، މާތް الله އަޅަމެންނަށް ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަކުރުމަށެވެ. އަދި އެ ކަލާނގެ އަޅަމެންނަށް ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އަދި ޚުޠުބާގައި ވަނީ އިސްލާމް ދީންމަތީގައި ސާބިތުވެ ތިބުމަށް ނަސޭހަތްތެރިވެ ވަޞިއްޔަތް ކޮށްފައިވެއެވެ. ރޯދައިގެ އަޅުކަން އަދާކުރެވުނީތީއާއި މާތް الله ތިޔަބައިމީހުން އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގައި ލެހެއްޓެވިކަމަށް ޓަކައި، ގިނަގިނައިން އެކަލާނގެ ހަނދުމަކޮށް ތަކުބީރުކިޔުމަށްވެސް ޚުޠުބާގައި ގޮވާލައިފައިވެއެެވެ.
މުސްލިމުންގެ ޢީދުން ފެންނަނީ، އެބައިމީހުންގެ އެއްބައިވަންތަކަން، ކުޑަކުދީންނާއި ބޮޑެތިމީހުންނާއި، އަންހެނުންނާއި، ފިރިހެނުންގެ މެދުގައިވާ ގުޅުން، ފަޤީރުންނާއި މުއްސަނދީންގެ މެދުގައިވާ ރަޙުމަތްތެރިކަން، މާތް اللهއަށް ޙަމްދުކޮށް، ސަނާދަންނަވައި، އެކަލާނގެ މަތިވެރިކޮށް، ތަކުބީރުކިޔާ މަންޒަރު
ޢީދު ޚުޠުބާ
ޙަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށާއި، ކޮންމެ މީހަކު ވެސް، އަނެކާގެ ޙައްޤުތައް އަދާކުރުމަށް މިއަދުގެ ޢީދު ޚުޠުބާގައި ގޮވާލައިފައިވެއެވެ. އަދި މުސްލިމުން ފުރަތަމަ އަދާކުރާންވީ މާތް اللهގެ ހައްޤުތައް ކަމަށާއި އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުން ކަމަށްެވެެސް ޚުުޠުބާގައި ބުނެފައިވެއެވެ.
އަދި މާތް اللهގެ ހައްޤުތަކަށް ފަހު، މައިންބަފައިންގެ ޙައްޤުތައް ކަމަށާއި އެއީ މާތް اللهގެ ޙައްޤުތައް އަދާކުރުމަށް އެންގެވި ބަސްފުޅާ ވިދިގެން، މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށް އަމުރުކުރެއްވީތީ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
ޢީދު ދުވަހު ތިބާގެ މޫނުމަތީން ވެސް އުފާވެރިކަން ފާޅުކުރާށެ، ލޯތްބާއި ކުލުނާއި އަޚުވަންތަކަމުގެ ޝުޢޫރުތަކުން ހަދިޔާ ބަދަލުކުރާށެ، މިއަދަކީ ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށް ޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސް، އިސްލާމީ ޢީދުތައް ފެށެނީ، އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުން، މާތް اللهއަށް ޝުކުރުދެންނެވުމަށް ޓަކައި ކުރާ، ޢީދުނަމާދުން
ޢީދު ޚުޠުބާ
މި ނަމާދުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރެވޭ ކަމަށާއި، އިސްލާމީ ޢީދަކީ އެ ކަމުގައި އެންމެން ބައިވެރިކުރާން ޖެހޭ އިޙުތިފާލެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އެހެން ނަސްލުތަކުގެ މުސްލިމުން ވެސް ޢީދުގެ އުފަލުގައި ބައިވެރިކުރާންވާނެ ކަމަށާއި ޢީދުގެ ކުރީން މުއްސަނދީން ފިޠުރު ޒަކާތް ނެރެ، ފަޤީރުންނާއި މިސްކީނުން، މި އުފަލުގައި ބައިވެރިވާން މަގުފަހިކޮށްދޭ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. ޢީދުނަމާދުގެ ކުރީން ފިޠުރު ޒަކާތް ނެރުމަށް އަންގަވައިފައި ވަނީ، މި ސަބަބަށް ޓަކައި ކަމަށްެވެސް ޚުޠުބާގައި ބުނެފައިވެއެވެ
ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުޢީ މިންގަނޑުގައި ހިފަހައްޓާން ހަނދާންކޮށްދެން، އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް އަހަރެމެންގެ ޢީދުތަކުގައި ޖާގަނުދޭށެ، ޢީދުގެ މާނައަކީ ތަކުރާރުކޮށް އަންނަ މުނާސަބަތެއް
ޢީދު ޚުޠުބާ
ރަމަޟާންމަސް އަހަރެމެންނާ ވަކިވެ ދިޔައީ، އަހަރެމެންގެ މައްޗަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގައި ކަމަށާއި، މާތް الله ޝަރުޢުކުރެއްވި ގޮތަށް ރޯދަހިފައި، ރޭއަޅުކަންކުރި މީހުންނަށް ޝަފާޢަތްތެރިވާ މަހެއްގެ ގޮތުގައި ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން ޚުޠުބާއި ބުނެފައިވަނީ މުސްލިމުން ރަމަޟާންމަހުގައި، اللهގެ ޙަޟުރަތަށް ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާ ކަމަށާއި ނަމާދުކޮށް، ރޭއަޅުކަންކޮށް، އުޅޭ ކަމަށެވެ. އަދި ރޯދަމަހަށް ފަހުގައި ވެސް ނަމާދު ޤާއިމުކޮށް، އަޅުކަމުގައި ހީވާގިވެ އުޅުމަށް ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ.