Ads by PNC

ޚަބަރު

ޢީދު ހަވީރަށް އާންމުންގެ ބޮޑު ތަރުހީބެއް

ޢީދު ހަވީރަށް އާންމުންގެ ބޮޑު ތަރުހީބެއް

ޢީދު ހަވީރުގެ ތެރެއިން / ފޮޓޯ: ޕީއެެސްއެމް ނިއުސް

farudhun logo

ފަރުދުން

20 މާރިޗު 2026، 09:13

20 މާރިޗު 2026، 09:13

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ބޭއްވި ޢީދު ހަވީރަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މާލެ، ހުޅުމާލޭގެ ދެ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ކުރިޔަށް ގެންދިޔަ މި ހަރަކާތަކީ ޤައުމީ ދިފާޢީ ބާރުގެ އިސްނެގުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުޢައްސަސާތައް ހިމެނޭގޮތަށް 12 ފަރާތެއްގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ހަރަކާތެވެ.

މި ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެ ގޮތަށެވެ. މި ކުޅިވަރުތަކުގެ ތެރޭގައި ކުންފުނިތަކުން ކުޑަކުދިންނަށް ޙާއްޞަކޮށް ތައްޔާރުކުރި ސްޓޯލްތަކުގައި ވެސް ގިނަ ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި ބައެއް ސްޓޯލްތަކުގައި ސަގާފީ ހަރަކާތްތައް ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ސަގާފީ ކުޅިވަރުތައް ވެސް ހިމެނެއެވެ.

މި ހަރަކާތުގެ ތެރެއިން ސިފައިންނާއި އެހެނިހެން ޔުނީފޯމު އެޅި މުވައްސަސާތަކުން އެ ތަންތަނުގެ ޔުނީފޯމުތައް ވެސް ވަނީ ދައްކާލާފައެވެ. އަދި ސިފައިން ވަނީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލާފައެވެ. މި ތަކެތި ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ސިފައިން ވަނީ ދީފައެވެ.

ޢީދު ހަވީރުގެ ތެރެއިން / ފޮޓޯ: ޕީއެެސްއެމް ނިއުސް

ޢީދު ހަވީރު 3 ދުވަހަށް ކުރިއަށްދާނެއެވެ. އެއީ، ޢީދު ދުވަހާއި އެއާއި ވިދިގެން އަންނަ 2 ދުވަހެވެ. މި ހަރަކާތްތައް ކުރިއަށްދާނީ، ގްރޭޓަރ މާލޭގެ 4 ސަރަހައްދެއްގައެވެ. އެގޮތުން މިއަހަރު މުޅިން އަލަށް ވިލިމާލެ ޓާފް ދަނޑުގައި ޢީދު ހަވީރު ހަރަކާތް ކުރިއަށްދާނެއެވެ.

މީގެ އިތުރުން، ހުޅުމާލެ ހިޔާ ފާކް، ސެންޓްރަލް ޕާކް އަދި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައިވެސް މި ހަރަކާތްތައް ކުރިއަށްދާނެއެވެ. ޖުމްހޫރީ މައިދާން ސަރަޙައްދުގައި ހަރަކާތްތައް ކުރިއަށްދާނީ، އިސްލާމީ މަރުކަޒު ކުރިމަތީގައި އޮންނަ މާބުލް ސަރަހައްދާއި، ސަލްޓަން ޕާކާއި، އިއްޒުއްދީން ފާލަމުގެ އިތުރުން ފަޅުތެރެވެސް ހިމެނޭ ގޮތަށެވެ. މި ހަރަކާތްތައް ކުރިއަށްދާނީ، ހަވީރު 16:00 އިން 18:00 އަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450