ޚަބަރު
މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޢީދު ޕްރޮޖެކްޓްގެ ހަރަކާތުގައި، ފަސްޓްލޭޑީ އަދި ޗީފް ގައިޑް ބައިވެރިވެވަޑައިގެންފި
މެޑަމް ސާޖިދަ ގާލް ގައިޑް ކުދިން ތަކަކާއެކު
މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ، ޢީދު ޕްރޮޖެކްޓްގެ ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ހަރަކާތަކީ، 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ވަޅު ޢީދު ދުވަހު، ގަރލް ގައިޑްސް އެސޯސިއޭޝަނުން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކާއެކު ޢީދުގެ އުފާ ހިއްސާކޮށް، އެފަރާތްތަކަށް ޢީދު ހަދިޔާ ދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. މިއީ މި ޕްރޮޖެކްޓް މެދުނުކެނޑި ކުރިއަށްގެންދާ 27 ވަނަ އަހަރެވެ.
މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ މިހަރަކާތުގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ވަނީ، މަރުކަޒުގައި ތިއްބެވި ފަރާތްތަކާއި ބައްދަލުކުރައްވައި، އެފަރާތްތަކާއެކު ޢީދުގެ އުފަލުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ފަސްޓްލޭޑީ ވަނީ މަރުކަޒުގެ ބައިވެރިންނަށް ޢީދު ހަދިޔާ ބަދަލުކުރައްވައި، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުއްވާފައެވެ. މި ހަރަކާތުގެ ސަބަބުން މަރުކަޒުގައި ތިބޭ ފަރާތްތަކަށް މުޖުތަމައުގެ އަޅާލުމާއި ލޯބި ލިބިގެންދާކަން އެސޯސިއޭޝަނުން ފާހަގަކުރެއެވެ.