Ads by PNC

ޚަބަރު

ބޯހިޔާވަހިކަމުގައި ޝާމިލުވީ ނަފާއަކަށް ނޫން، ރާއްޖޭގެ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ޙައްލު ކުރުމަށް: ބީއެމްއެލް

ބޯހިޔާވަހިކަމުގައި ޝާމިލުވީ ނަފާއަކަށް ނޫން، ރާއްޖޭގެ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ޙައްލު ކުރުމަށް: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް / ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

farudhun logo

ފަރުދުން

22 މާރިޗު 2026، 09:44

22 މާރިޗު 2026، 09:44

ރާއްޖެއަށް ކުރިމަތިވެފައި އޮތް އިޖުތިމާޢީ އެންމެ ބޮޑު މައްސަލަ ކަމުގައިވާ، ބޯހިޔާވަހިކަމުގެ މަސައްކަތުގައި ޝާމިލުވީ އެ ކަމުން ނަފާ ހޯދަން ނޫން ކަމަށާއި، ނަމަވެސް އެ މައްސަލަ ޙައްލުކުރުމުގައި އެހީތެރިވުމަށްކަމަށް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ އޮތް "ބީއެމްއެލް އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، އެ އިދާރާއިން އެ މަޝްރޫޢަށް ކުރަންޖެހޭ މަސައްކަތްތައް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ކަމަށާއި، އެހެންކަމުން ފާއިތުމިވީ ކުރުމުއްދަތުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ޢަމަލީގޮތުން ފެށިގެން ދިއުމަކީ ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ލީސް ޓު އޯން މޮޑެލްއަށް ގެންދާ މި މަޝްރޫޢުއަކީ ބޭންކް މެދުވެރިކޮށް މި މޮޑެލްއަށް ގެންދާ ފުރަތަމަ މަޝްރޫޢު. މިއީ އެއްފަހަރާ ބޮޑު އަދަދަކުން ފައިސާ ދައްކަން ނުޖެހި، އާއިލާތަކަށް ފަސޭހައިން އަދާކުރެވޭ ހެޔޮ އަގެއްގައި މަހުން މަހަށް ފައިސާ ދައްކަން ޖެހޭގޮތަށް ގެންދާ މަސައްކަތެއް.

ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން ބޯހިޔާވަހިކަމުގެ މަސައްކަތް ފެށީ، އެ އިދާރާގެ ތެރެއިން އެކަމަށް ޚާއްޞަ ކުންފުންޏެއް އުފައްދައިގެންނެވެ. އަދި އެ ކުންފުނިން ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢު މަސައްކަތް ކުރިޔަށް ގެންދިއުމަށް ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ޖުމުލަ 3,260 ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ބީއެމްއެލް އިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާލައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެއެވެ.

މި މަޝްރޫޢުގެ އިތުރުން ވެސް ބީއެމްއެލްއިން ދަނީ ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް ބޭންކް މެދުވެރިކޮށް ބޮޑެތި އެހީތައް ދެމުންނެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް ސަރުކާރުން ދޫކުރަން ފަށާފަވާ "ހިޔާވެހި" ސްކީމްގެ ދަށުން، ދޫކުރާ މާލީ އެހީއިން އިކުއިޓީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު %20އިން %5އަށް ކުޑަކޮށްފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ. ވަކިވަކި ފަރުދުންނަށް 3 މިލިއަނާ ހަމައަށް މި ސްކީމްގައި ލުއި ލޯނު ދޫކުރާއިރު، މިހާތަނަށް 2.1 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450