Ads by PNC

ޚަބަރު

ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަސްކަރީގޮތުން ނުރައްކަލެއް އޮތްކަމަކަށް ނުފެނޭ: ދިފާއީ ވަޒީރު

ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަސްކަރީގޮތުން ނުރައްކަލެއް އޮތްކަމަކަށް ނުފެނޭ: ދިފާއީ ވަޒީރު

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

22 މާރިޗު 2026، 07:39

22 މާރިޗު 2026، 07:39

އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އިރާނަށް ހަމަލާ ދިނުމާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުމުގެ ސަބަބުން ރާއްޖެއަށް އަސްކަރީ ގޮތުން ނުރައްކަލެއް އޮތްކަމަށް ނުފެންނަކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖޭގެ ހާލަތު ދިރާސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޚާއްޞަ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދާއި އެނޫން އެއްވެސް ތަނެއް އެއްވެސް ޤައުމަކަށް ނުދޭން ނިންމާފައި ވާނެކަމަށާއި، އަދި އެކަން އަންނަނީ އެގޮތަށް ތަންފީޒު ކުރަމުން ކަމަށެވެ. 

ނަމަވެސް ބައެއް ޤައުމުތަކުން މި ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމަށް އެދިފައިވާކަމަށް، މި ކޮމެޓީއިން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމެޓީގެ ފަރާތުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ހާމަކުރެއްވިއެވެ.

ވަޒީރު އެހެން ވިދާޅުވެފައި ވަނިކޮށް، މިއަދު އޮތް ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެ ޤައުމުތަކަކީ ކޮބައިތޯ ބެލުމަށް ސުވާލުކޮށްފައެވެ. މި ސުވާލުގެ ޖަވާބުގައި ޚާރިޖީ ވަޒީރު ވިދާޅުވީ، ޤައުމުތަކާއެކު ކުރެވޭ އެފަދަ މުޢާމަލާތްތަކަކީ ޤައުމުތަކުގެ އިޒުނައާއެކު ނޫނީ ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށާއި، އަދި ރާއްޖެ އާއި ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަކީ އިޚްތިރާމް ކުރަންޖެހޭ ގުޅުންތަކެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ވައިގެ ސަރަޙައްދު ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450