Ads by PNC

ޚަބަރު

ޕީއެންސީގެ ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ފަސްޓް ލޭޑީ ހުޅުއްވައިދެއްވައިފި

ޕީއެންސީގެ ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ފަސްޓް ލޭޑީ ހުޅުއްވައިދެއްވައިފި

ޕީއެންސީގެ ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ފަސްޓް ލޭޑީ ހުޅުވައިދެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 މާރިޗު 2026، 03:37

23 މާރިޗު 2026، 03:37

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރޭ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

 މި ޖަގަހަ ގާއިމުކޮށްފައިވަނީ ލޮނުޒިޔާރަތްމަގުގައި ހުންނަ ހ. ގްރީން މެޑޯގައެވެ.

މި ޖަގަހަ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތަށް ފަސްޓް ލޭޑީ ވަޑައިގަތުމުން، ޕީއެންސީގެ ލީޑަރިޝިޕްގެ ބޭފުޅުންނާއި ޕާޓީގެ އާންމު މެންބަރުން ވަނީ އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު، އެކަމަނާ ވަނީ ޙަފްލާގެ ބައިވެރިންނާ ބައްދަލުކުރައްވައި، ކެންޑިޑޭޓުންނާއެކު ވަގުތު ހޭދަކުރައްވާފައެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ގެންދަވަނީ ޕީއެންސީގެ ސިޔާސީ އެކި ހަރަކާތްތަކުގައި އަމަލީގޮތުން ވަރަށް ބޮޑަށް ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ރޭ މާލޭގައި ބޭއްވި މި ޙަފްލާއަށްފަހު، މިއަދު ހެނދުނު އެކަމަނާ ވަނީ ތިނަދޫ ސިޓީއަށް ވަޑައިގެންފައެވެ. ތިނަދޫގައި ކުރިއަށްދާ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން، އެ ސިޓީގެ ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި ކެމްޕޭންގެ މަސައްކަތްތައް އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން އަންނަނީ ކުރިއަށް އޮތް އިންތިޚާބުތަކަށް ވަރަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450