Ads by PNC

ޚަބަރު

ހެންވޭރު ޓާމިނަލުން އިއްޒުއްދީން ޖެޓީއާ ހަމައަށް މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ހެންވޭރު ޓާމިނަލުން އިއްޒުއްދީން ޖެޓީއާ ހަމައަށް މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ބޮޑުތަކުރުފާނުގެ ތަރައްޤީކޮށްފައިވާ ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 މާރިޗު 2026، 01:05

24 މާރިޗު 2026، 01:05

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ޖެޓީ ސަރަހައްދާ ހަމައަށް މަގު ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ. މިއީ މި މަޝްރޫއުގެ ސެގްމެންޓް ދެއަކުން ފަހަކަށް ހިމެނޭ ސަރަހައްދުގެ މަސައްކަތްތަކެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި މަޝްރޫއުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގުގައި ތާރު އެޅުމާއި، ސަބްބޭސް ތައްޔާރު ކުރުމުގެ އިތުރުން ހިނގާ މީހުންނަށް ހާއްސަ ލޭނެއް ގާއިމުކުރުން ހިމެނެއެވެ. އަދި މަގުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފެންހިންދާ ނިޒާމެއްވެސް މި މަޝްރޫއުގެ ދަށުން ގާއިމު ކުރެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މިހާތަނަށް މި މަޝްރޫއުގެ ފުރަތަމަ ދެ ސެގްމެންޓުގެ މަސައްކަތް އެއްކޮށް ނިންމައި އާއްމުންނަށް ވަނީ ހުޅުވާލާފައެވެ. މިއަދު އަލަށް ފެށި ތިން ވަނަ ސެގްމެންޓުން ފަސް ވަނަ ސެގްމެންޓާ ހަމައަށް ހިމެނޭ ސަރަހައްދަކީ ބާސެލޯ ނަސަންދުރަ އިން ފެށިގެން ބޮޑުތަކުރުފާނުމަގާއި ޗާންދަނީމަގު ގުޅޭ ކަންމައްޗާ ހަމައަށެވެ.

އެމްޓީސީސީން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ އެ ސަރަހައްދުގެ ޝީޓްޕައިލިން މަސައްކަތްތަކެވެ. މީގެ އިތުރުން ހެންވޭރު ފެރީ ޓާމިނަލް އާއި މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދުގެ ކުއޭ ވޯލް ތަޅާލުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450