ޚަބަރު
ތިނަދޫގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި
އަލިފާން ރޯވެ އަނދަނީ--
ތިނަދޫ ސިޓީގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އެ ކާރު އަނދައިފި އެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ސަރަޙައްދުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ރޭ 23:23 އެހައިކަންހާއިރު ލިބިފައިވާ ކަަމަށެވެ.
މި ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު، ސިފައިންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން، ރޭ 23:45 އެހައިކަންހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އަލިފާން ރޯވި ކާރު ބޭނުންނުކުރެވޭ ވަރަށް އަނދައި އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ޙާދިސާ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.