ޚަބަރު
ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "އެފް.އޭ.އޯ-ޗައިނާ ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮޖެކްޓް" އިފްތިތާޙްކޮށްފި
ޕްރޮޖެކްޓް އިފްތިތާޙްކުރުން/ފޮޓޯ: ވުޒާރާ
ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "އެފް.އޭ.އޯ-ޗައިނާ ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮޖެކްޓް" އިފްތިތާޙްކޮށްފި އެވެ.
މި ޕްރޮޖެކްޓް ފެށުމަށް ޗައިނާގައި ބޭއްވި ރަސްމިއްޔާތުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ޝާފިއާ ވަނީ، ދަނޑުވެރިކަމާއި ކާބޯތަކެތި އުފައްދާ ނިޒާމުތަކަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ބޭނުންތެރިކަމާއި، މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ ފަދަ ދެމެހެއްޓެނިވި ޙައްލުތަކެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަފައެވެ.
At the launch of the FAO–China South-South Cooperation Project for Small Island Developing States (SIDS), Permanent Secretary, Dr Shafia delivered remarks on behalf of SIDS, emphasizing the urgency of transforming agrifood systems and the importance of implementing resilient and… pic.twitter.com/tZbLx9S2EV
— Ministry of Fisheries and Ocean Resources (@MFORmv) March 25, 2026
މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަސްކުނި ބޭނުންކޮށްގެން 'ފިޝް ސައިލޭޖް' އުފެއްދުމުގެ މަސައްކަތް ކަމަށެވެ. މިއީ މަސްވެރިކަމުން އުފެދޭ އުކާލެވޭ ބައިތައް ބޭނުންކޮށްގެން، ދަނޑުވެރިކަމާއި އެކުއަކަލްޗަރ ފަދަ ދާއިރާތަކަށް ބޭނުންވާ އިތުރު އަގު ހުރި އުފެއްދުންތައް ތައްޔާރުކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ސަބަބުން އަންހެނުންނާއި ޒުވާނުންނަށް އިޤްތިޞާދީ ގޮތުން އާ ފުރުޞަތުތަކެއް ހުޅުވި ބާރުވެރިވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ އުކާލެވޭ ތަކެތިން މަންފާ ހޯދާ، ހަރުދަނާ އަދި ދެމެހެއްޓެނިވި ދާއިރާއަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށްލެވެއެވެ.