Ads by Exprox

ޚަބަރު

އެކްސިޑެންޓުގައި ތުހުމަތުވާ މީހުންގެ ތެރެއިން ކޯޓުން ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފި

އެކްސިޑެންޓުގައި ތުހުމަތުވާ މީހުންގެ ތެރެއިން ކޯޓުން ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފި

ފޭސް2 ގައި އެކްސިޑެންޓް ވީ ކާރު- ފޮޓޯ: މިހާރު ނޫސް

farudhun logo

ފަރުދުން

02 ސެޕްޓެމްބަރު 2024، 03:52

02 ސެޕްޓެމްބަރު 2024، 03:52

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތުހުމަތުވާ މީހުންގެ ތެރެއިން އެވަގުތު ސީން ދޫކޮށް ފިލިކަމަށް ބެލެވޭ މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފިއެވެ.

މިދިޔަ ޖުލައިމަހުގައި ހިނގި މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ 3 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކްސިޑެންޓްވުމުން ފިލިކަމަށް ތުހުމަތުކުރެވޭ މ. ލޭންޑް އޮފް ގާރޑްން، އިބްރާހީމް އިކްރާމް ހައިކޯޓުން އިއްޔެވަނީ ދޫކޮށްލާފައެވެ. ހައިކޯޓުން އޭނާ ދޫކޮށްލަން ނިންމި ކަމަށް ބުނެފައިވަނީ, ވަކީލެއްގެ ފުރުޞަތު އަކްރަމަށް ލިބިފައި ނެތުމުން އަމުރު ބާތިލްކުރާ ކަމަށެވެ. އެހެންކަމުން އޭނާ ތަހުގީގު ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރަކީ ވަކީލެއްގެ ފުރުޞަތު ނުދީ ނެރުނު އަމުރަކަށްވާތީ އެ އަމުރު ބާތިލުކުރުމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.

މިކަމާގުޅިގެން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން ވިދާޅުވީ މިކަން ހިނގިގޮތް ތަހުގީގުކޮށް އިހުމާލުވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށެވެ. އަދި މި މައްސަލައިގައި ދޫކޮށްލި މީހާ އަލުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ފޭސް2 ގައި ހިނގި ނުރައްކާތެރި ހާދިސާގައި ރޭސިންގ ކާރެއް ކަމަށް ބެލެވޭ ކާރު ބާރު ސްޕީޑުގައި ގޮސް ޖެހުނީ މަގުގެ އެއްފަރާތެއްގައި މަޑުކޮށްލައިގެން ސައިކަލެއް މަތީ އިން މީހެއް ގައިގައެވެ. މި ހާދިސާގައި އިބްރާހީމް އިކްރާމްގެ އިތުރުން އެވަގުތު ކާރުގައި ތިބި ދެމީހުން ވަނީ ފުލުހުން ހައްޔަރުކޮށްފަައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco