Ads by PNC

ޚަބަރު

ހޯޑެއްދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ހޯޑެއްދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ހޯޑެއްދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މާރިޗު 2026، 07:08

28 މާރިޗު 2026، 07:08

ގދ. ހޯޑެއްދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަޝްރޫޢަކީ އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ހޯޑެއްދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް އެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ހަމީދާއި، އެމްޓީސީސީގެ އިސްވެރިންނާއި، މަޑަވެލީ ދާއިރާގެ މެމްބަރު މުޙައްމަދު ޝަމީޒްގެ އިތުރުން ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ހޯޑެއްދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި މިއީ އެ ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ، ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އުންމީދު ކުރަމުން އައި މަޝްރޫޢެކެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ތަރައްޤީ ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ރައްޔިތުން ބޭނުންވާ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. އެގޮތުން އެއްވެސް ރަށެއްގެ މަގުތަކުގައި ތާރުއަޅައިގެން ތަރައްޤީ ކުރުމަށް މަޖުބޫރު ނުކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ފާހަގަކުރެއްވި ގޮތުގައި، ލޯކަލް ޓުއަރިޒަމް ހިންގާ ބައެއް ރަށްތަކުން ބޭނުންވަނީ ވެލި މަގުތައް ބޭއްވުމަށްފަހު ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރެވޭނެ ވަޞީލަތްތައް ހޯދުމަށެވެ. އެހެންކަމުން، ކައުންސިލްތަކުން އެދޭ ގޮތަށް މަގު މަރާމާތުކުރާނެ އާލާތްތަކާއި ވެހިކަލްތައް ފޯރުކޮށްދީގެން ރައްޔިތުން ބޭނުންވާ ފެންވަރަށް މަގުތަކުގެ މައްސަލަތައް ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450