Ads by PNC

ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މާރިޗު 2026، 12:34

29 މާރިޗު 2026، 12:34

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށުމަށްޓަކައި ހދ. ކުޅުދުއްފުށީގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ފެސިލިޓީގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްހީ ވަޒީރު އަބްދުއްﷲ ނާޒިމް އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްބޭފުޅުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން އެ ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލިސް މެންބަރުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސިއްހީ ދާއިރާއިން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، މި ފެސިލިޓީ ބިނާކުރުމަށް އަލްޓެކް މޯލްޑިވްސްއާއެކު ސޮއިކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މި މަޝްރޫޢަކީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (AIIB) ގެ ފައިނޭންސްގެ ދަށުން ސިއްހީ ވުޒާރާއިން ކުރިއަށްގެންދާ "މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ ރެސްޕޯންސް އެންޑް ސިސްޓަމް ޕްރިޕެއާރޑްނަސް" ޕްރޮޖެކްޓުގެ ބައެކެވެ.

މި ފެސިލިޓީގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމްތަކާއި، އައިސޮލޭޝަން ޚިދުމަތުގެ އިތުރުން 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހިމެނޭހެން 'ކޮންވަރޓިބަލް ކަރަންޓީނު ފެސިލިޓީ' އެއް ޤާއިމްކުރެވޭނެއެވެ. މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރުމަށާއި، އާންމު ހާލަތްތަކުގައި ހޮސްޕިޓަލުގެ އެކި ބޭނުންތަކަށް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450