Ads by PNC

ޚަބަރު

ހުޅުމާލޭގައި 1،100 އަށްވުރެ ގިނަ އުޅަނދު ޕާކުކުރެވޭ ޒަމާނީ ޕާކިން ބިލްޑިންގްގެ ބިންގާ އަޅައިފި

ހުޅުމާލޭގައި 1،100 އަށްވުރެ ގިނަ އުޅަނދު ޕާކުކުރެވޭ ޒަމާނީ ޕާކިން ބިލްޑިންގްގެ ބިންގާ އަޅައިފި

ހުޅުމާލޭގައި 1،100 އަށްވުރެ ގިނަ އުޅަނދު ޕާކުކުރެވޭ ޒަމާނީ ޕާކިން ބިލްޑިންގްގެ ބިންގާ އެޅުން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މާރިޗު 2026، 12:55

29 މާރިޗު 2026، 12:55

ހުޅުމާލޭގައި ދިމާވެފައިވާ ޕާކުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، 1،100 އަށްވުރެ ގިނަ އުޅަނދު ޕާކުކުރެވޭނެ ފެންވަރުގެ ބޮޑު ޕާކިން ބިލްޑިންގްއެއްގެ ބިންގާ މިއަދު އަޅައިފިއެވެ.

ހުޅުމާލޭ ފޭސް 1 ގައި ތަރައްޤީކުރާ މި އިމާރާތަކީ ބޭސްމަންޓާއެކު ޖުމްލަ 13 ފަންގިފިލާ ހިމެނޭހެން ބިނާކުރާ ފުރިހަމަ، ޒަމާނީ އިމާރާތެކެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ ދެ ފުރޮޅުލީ އުޅަނދާއި ހަތަރު ފުރޮޅުލީ އުޅަނދުތަކަށްވެސް ފަސޭހައިން ޕާކުކުރެވޭނެ ގޮތަށެވެ. އެގޮތުން، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަކޮށް 600 އަށްވުރެ ގިނަ ޖާގަ އަދި ސައިކަލުތަކަށް 500 އަށްވުރެ ގިނަ ޖާގަ މި އިމާރާތުން ލިބިގެންދާނެއެވެ.

މި އިމާރާތުގެ ޚާއްޞަ ސިފަތަކަށް ބަލާއިރު، އުޅަނދުތައް އަރާ ފޭބުމަށް ރޭމްޕްތަކުގެ އިތުރުން ވެހިކަލް އެލިވޭޓަރުތައްވެސް ހިމެނެއެވެ. އަދި އިމާރާތުގެ އެތެރޭގެ ޓްރެފިކް ފްލޯ އެންމެ ރަނގަޅު ގޮތުގައި ބެލެހެއްޓޭނެ ނިޒާމެއް މިތަނުގައި ޤާއިމުކުރެވޭނެއެވެ.

ޕާކިންގެ އިތުރުން، މި އިމާރާތަކީ ގިނަ ޚިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ލިބޭނެ ތަނެކެވެ. އެގޮތުން އުޅަނދުތަކަށް ބޭނުންވާ އެކި ޚިދުމަތްތަކާއި، ވިޔަފާރި އައުޓްލެޓްތަކުގެ އިތުރުން، ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތައް ޗާޖުކުރެވޭނެ ފެސިލިޓީއެއްވެސް މި އިމާރާތުގައި ހުންނާނެއެވެ. މީގެ އިތުރުން، މުނިފޫހިފިލުވުމާއި ކުޅިވަރުގެ އެކި ފެސިލިޓީތައްވެސް މި ބިލްޑިންގްގައި ހިމެނުމަށް ވަނީ ނިންމާފައެވެ.

މާލެ ސަރަޙައްދުގެ ޕާކިން މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ މި މަސައްކަތުގެ ދަށުން، މާލެ ސަރަޙައްދުގައި ޖުމްލަ 7 ޕާކިން ބިލްޑިންގް އެޅުމަށް ވަނީ ތައްޔާރުވެފައެވެ. މި ހުރިހާ އިމާރާތްތަކެއް ނިމުމުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2،600 އަށްވުރެ ގިނަ ޖާގަ އަދި ސައިކަލުތަކަށް 1،000 އަށްވުރެ ގިނަ ޖާގަ އިތުރަށް ލިބިގެންދާނެ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450