ޚަބަރު
ލ. ގަމުގައި ޤާއިމްކުރި ފުލުހުންގެ އެކޮމޮޑޭޝަން ރަސްމީކޮށް ހުޅުވައިފި
ލ. ގަމުގައި ޤާއިމްކުރި ފުލުހުންގެ އެކޮމޮޑޭޝަން ރަސްމީކޮށް ހުޅުވުން---
ފަރުދުން
30 މާރިޗު 2026، 09:59
30 މާރިޗު 2026، 09:59
ލ. ގަމުގައި ޤާއިމްކުރި ފުލުހުންގެ އެކޮމޮޑޭޝަން ރަސްމީކޮށް ހުޅުވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މިއީ އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު މުހިންމު މަޝްރޫޢެކެވެ.
މި އެކޮމޮޑޭޝަން ހުޅުވުމުގެ ގޮތުން އާދީއްތަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެކޮމޮޑޭޝަން ހުޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ، އަލީ އިހްސާނާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ އޮފިސަރުންނާއި އެކި ރޭންކުތަކުގެ ފުލުހުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހަތަރު ބުރިއަށް އިމާރާތް ކުރެވިފައިވާ 50 މީހުންގެ ޖާގައިގެ އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަސީލަތްތައް ތަރައްގީކުރުމަށްޓަކައި ގިނަ މަޝްރޫއުތަކެއް އަތޮޅުތެރޭގައި ދަނީ ހިންގަމުންނެވެ.